English Edition
Dhivehi Edition

އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ ވަރަށް އަވަހަށް އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ.
އަދި ރަތްކަނޑަށް އަތްގަދަކޮށްގެން އުޅޭ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ފަލަސްތީނުގެ ހަމާސްގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ އިރާންގެ ކޮންޓްރޯލް އޮންނަ އެގަމުގެ އަޅުންކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އެގޮތުން އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ޓެރަރިސްޓު ހަމަލާއަކީ ސީދާ އިރާން އަޑިގައި އޮވެގެން ދިން ހަމަލާތަކެއް ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ. އެހެން ކަމުން މިކަމުގެ ބަދަލު އިރާންގެ ކޮބައިން ހިފުމަށް ނަތަންޔާހޫ ތައްޔާރުވަމުން އަންނަކަމަށް ވެސް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލާ ގޮވާލުމަށް ރައްދުދެމުން ނަތަންޔާހޫ ބުނީ ފަލަސްތީނަކީ ވަކި ދައުލަތަކަށް ނެހެދޭނޭ ކަމަށެވެ. އަދި ކުރިޔަށް އޮތީ ހަމާސް އަދި ހިޒްބުﷲ އާއި އެކު ވަރުގަދަ ހަނގުރާމައަކަށް ދިއުންކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުރައްޔިތުން ޝަހީދުވަމުން އަންނައިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ނުދިނުމަށް ގޮވާލި ގޮވާލުމަށްވެސް ނަތަންޔާހޫ ވަނީ ދެކޮޅުހަދާފައެވެ.

އޭނާ ބުނީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނޭކަމަށެވެ. އަދި ހަމާސް މުޅި ނެތިގެން ދަންދެން ހަމަލާތައް ދޭނެކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.