English Edition
Dhivehi Edition
ގއ.ވިލިގިލި

ގއ. ވިލިގިލީގައި ހާލު ދެރަވި ކުޑަކުއްޖަކު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ އިންތިޒާމުތައް ހަމަނުޖެހި ލަސްވުމާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ހޮސްޕިޓަލު ކައިރީ އިހްތިޖާޖުކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ކުޑަކުއްޖަކު ރޭގެ ވަގުތެއްގައި ހޮޑުލުމާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓި ވެންޓިލޭޓަރަށް ލާންޖެހުނުކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ކުއްޖާގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު އެކުއްޖާއަށް ޝޮކެއް ޖެހިފައިވާކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. މިކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު ހޮސްޕިޓަލުން ބުނީ އަދި ސާފު މައުލޫމާތު އަދި މީޑިއާއަށް ދެވެން ނެތްކަމަށެވެ.