English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އިސްނެންގެވުމުގެ މަތިން މީދޫގައި ބާއްވަމުން އަންނަ ޔޫސުފު ނައިބު ގުރުއާން މުބަރާތުގެ ސްކޫލު ބައިން ބަލައިގެން ކިޔެވުމުން އެއްވަނަ އައިޝަތު ޔާމިނާ މުހައްމަދު އަދި ހިތުންކިޔުމުގެ ބައިން އެއްވަނަ ވާއިލް އިބްރާހިމް ރަޝީދު ހޯދައިފިއެވެ.

ކޮންމެ އަހަރު މީދޫގައި ބާއްވަމުން އަންނަ މި މުބާރާތުގައި 147 ބައިވެރިން ކިޔަވާފައިވާއިރު، މި މުބާރަތަކީ ހުޅުދޫ މީދޫ ގެ އާންމުނާއި ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ބޭއްވުނު މުބާރާތެކެވެ.

މުބާރާތުގެ ވަނަތައް:

  • ބަލައިގެން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން އެއްވަނަ – އައިޝަތު ޔަމީނާ މުހައްމަދު، ނިއުޔޯކު ސ.ހުޅުދޫ
  • ބަލައިގެން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން ދެވަނަ – މަލިކާ ބިންތި ހަސަން، ބައިތުއް ނުޖޫމު، ސ.މީދޫ
  • ބަލައިގެން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން ތިންވަނަ – ނަވާލް ހުސައިން މުހައްމަދު، ރިސީވާ ސ.ހުޅުދޫ
  • ހިތުން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން އެއްވަނަ – ވާއިލް އިބްރާހިމް ރަޝީދު، ހުވަދުމާވާދީ ސ.މީދޫ
  • ހިތުން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން ދެވަނަ – އައިޝަތު ޔުމްނު ޝާޒިމް، ރެސިޑެންސް، ސ.މީދޫ
  • ހިތުން ކިޔެވުމުން ގޮފިން ސްކޫލުގެ ބައިން ތިންވަނަ – ފާތިމަތު މަލްދާ، އާބަން ސ.މީދޫ

މުޅި މުބާރާތުގެ އާންމުންގެ ބައިން 01 ވަނަ، މާޔާ ޝަރީފް، ފެއާލީން، ސ.މީދޫ ހޯދިއިރު މި ބައިން 2 ލިބުނީ އާމިނަތު ޝަރީފާ، ލަޖުވަރުދީ ސ.މީދޫ އަށެވެ. އަދި 03 ވަނަ ލިބުނީ މަރިޔަމް ސާބިހާ، ހަވީރުގެ ސ.މީދޫ އަށެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކައުންސިލަރު ސާލިހާ ވިދާޅުވީ ގުރއާނުގެ ޢިލްމު ފަތުރާ ތަޖުވީދު ގެ މަގަށް ދަރިވަރުން އަހުލުވެރި ކުރުމުގެ ގޮތުން މިކަމަށް ޚާއްސަ ކުލާހެއް ހިންގުމަށް ނިންމާފައިވާކަމަށެވެ.