އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މަޤުޞަދަކީ ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކޮށް ޒަމާނީ ފިޤުހީ މައްސަލަތަކަށް އިލްމީ ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫ އެވެ.
އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީއަކީ އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގައެވެ. މިދައުރުގައި އެތަނުގެ ވެރިއަކަށް ހުންނެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ނައިބްރައީސް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫއެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރު ޑރ ޝަހީމްވަނީ ޕްރޮފެސަރ ޤުޠުބު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.