English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހަވީރު ޖަޕާން އާއި ވިއެޓްނާމް ވާދަކުރި މެޗު 3-2 ގެ ނަތީޖާއިން ޖަޕާން ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ޖަޕާނުން މެޗު ޑޮމިނޭޓުކުރިއިރު، އެޓީމުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ޖަޕާނަށް ލީޑުނަގައިދިނީ ފްރާންސްގެ މޮނާކޯ އެޓޭކިން މިޑްފީލްޑަރ ޓަކުމީ މިނަމީނޯއެވެ.

މިނަމީނޯގެ ލަނޑުން ޖަޕާން ލީޑުނެފިއިރު، އޭގެ ފަސް މިނެޓު ފަހުން ވިއެޓްނާމުން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ވިއެޓްނާމަށް ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު ޖަހައިދިނީ ޑިން ބަކް އެންގުޔެންއެވެ. އޭނާ މި ލަނޑު ޖެހީ ޑޮން ހުންގް ހުންގްގެ އެހީތެރިކަމާއި އެކުގައެވެ. ވިއެޓްނާމުން މެޗުގެ ލީޑު ނެގީ 33 ވަނަ މިނެޓުގައި ފަން ޓޫހަން ޓައި ޖަހައިދިން ލަނޑުންނެވެ.

ނަމަވެސް ޖަޕާނުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުފުލު ދެ ލަނޑު ޖަހައި ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލާފައެވެ. ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި މިނަމީނޯ ޖަހައިދިން އިރު، ޖަޕާނުން މެޗުގައި ދެވަނަ ފަހަރަށް ލީޑުނަގައިދިން ލަނޑު ޖެހީ ކެއިޓޯ ނަކަމޫރާއެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެ ދިނީ މިނަމީނޯއެވެ. މި މެޗުގައި ޖަޕާނުން ޖެހި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ އަޔާސީ އުއިޑާއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައި މިވަގުތު ޖަޕާން އޮތްއިރު، މިގުރޫޕްގައި ދެން ހިމެނެނީ އިންޑޮނީޝިއާ އިތުރުން އިރާޤް އަދި ވިއެޓްނާމް އެވެ.