English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 09 ޖަނަވަރީ 2024 ވަނަ ދުވަހު ފަށާފައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރިއަށް ދާނެކަމަށާއި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 14.77 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ނޮވެމްބަރު 1، 2022 ވަނަ ދުވަހުއެވެ. އެމްޓީސީސީއިން އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތްކުރާނެ މެޝިނަރީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވަނީ 11 ޖުލައި 2023 ވަނަ ދުވަހުއެވެ.