English Edition
Dhivehi Edition

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށާއި. ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތައްކަމަށްވާ ޔޫއޭއީއަށާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވަވާނެ ކަމަށެވެ. އަދި އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެކުރީ ސަރުކާރުތަކުން އާސަންދަ އެކުލަވާލާފައި އޮތްގޮތުން ރާއްޖެއިން ބޭރުން ދިވެހިންނަށް އާސަންދަ ލިބެނީ އިންޑިއާއާއި ސްރީ ލަންކާއިން އެކަންޏެވެ. ނަމަވެސް އެ ޤައުމުތަކުން އާސަންދަ ލިބޭ ހޮސްޕިޓަލްތަކުގެ ފެންވަރާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.