English Edition
Dhivehi Edition
އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓް އާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. ނޫރައްދީން އިންވެސްޓްމަންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އަލީ ނޫރައްދީން އެވެ.
އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރީ 1،450،000.00 (އެއް މިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އަށެވެ.
މި މަސައްކަތް ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.