English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގ ގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާ އާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މައުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ.

ސާންފާންގ ޗީޝިއާންގ އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.