English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް ތަރައްގީގެ ބައިވެރިޔާއަށް ވާނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،

ޗައިނާގެ 300 އަށް ވުރެ ގިނަ ވިޔަފާރިވެރިންނާއެކު އެ ގައުމުގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ބާއްވާ ވިޔަފާރިއާ ގުޅޭ ފުރަތަމަ ފޯރަމް ޗައިނާގައި ބޭއްވުމުން ދައްކުވައިދެނީ ދެ ގައުމުގެ ސަރުކާރާ ވިޔަފާރިތަކުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުންކަމުގައެވެ.

ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ފޯރަމުގައި ރައީސް ވަނީ އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގައި އިންވެސްޓުކުރެވޭނެކަމުގެ ޔަގީންކަން ފޯރަމުގައި ބައިވެރިވި ވިޔަފާރިތަކަށް ދެއްވާފައެވެ.