English Edition
Dhivehi Edition

ހުސްވި މެއިމަހުގެ 17 ވަނަދުވަހުގެރޭ އައްޑޫސިޓީ ހިތަދުއަށްއެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ހުޅުވާލި ފަންޑަށް ލިބުނު ފައިސާ އޭގެ ހައްގުވެރިންގެ ތެރެއިން ދެ ގެއެއްފިޔަވައި އެހެން ގެތަކަށް ބަހައި ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ މުހައްދު ޔަސްރިފް ވިދާޅުވީ ފައިސާ ނުދެވިހުރި ދެ ގޭ މީހުން ފައިސާހޯދަން މިއަދު ނައިސްފި ކަމަށްވާނަމަ އާދީއްތަ ދުވަހު އެދެގެއަށް ފައިސާ ހަވާލުކޮށްދެއްވާނެ ކަމަށެވެ. ފައިސާ ބަހާފައިވަނީ އެގެތަކަށް ލިބުނު ގެއްލުމުގެ ނިސްބަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކިތަންމެ ކުޑަކޮށް ގެއްލުންވި ގެއެއްކަމަށްވިޔަސް ފައިސާދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަސްރިފް ވިދާޅުވީ ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމަށްޓަކައި ރާއްޖެ ޓީވީން ހުޅުވި ފަންޑަށް ލިބިފައިވާ ފަންސާސް ހާސްރުފިޔާ ބެހުމަށްޓަކައި ވަރަށް އަވަހަށް އެމީހުން އައްޑޫސިޓީއަށް އަންނާނެ ކަމަށެވެ. އެފައިސާ ބަހާނީވެސް ސިޓީކައުންސިލް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.