English Edition
Dhivehi Edition

ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިންގެ މައްޗަށް ކުރި ނުހޯދޭނޭ ކަމަށާއި، އެމީހުންގެ އަތްދަށު ނުވެ، ސަލާމަތްވުމަށް އެމެރިކާއިން އިސްރާއީލަށް ގޮވާލައި އިންޒާރު ދީފިއެވެ.

ހިޒްބުﷲ ގެ ކިބައިން ސަލާމަތްވެ ތިބުމަށް ގޮވާލާ އެމެރިކާއިން އިޒްރާއީލަށް އިންޒާރުދީފައިވާއިރު، އެމެރިކާއިން ބުނީ އިސްރާއީލަށް ހިޒްބުﷲ ބަލިނުކުރެވޭނޭ ކަމަށެވެ. އަދި އިސްރާއީލަށް ވުރެ ހިޒްބުﷲ އެތައް ގުނައެއް ބާރުގަދަވާނޭ ކަމަށް ވެސް އެގަުމުން ވަނީ ބުނެފައެވެ.

އެމެރިކާއިން ބުނީ އިސްރާއީލުން ހިޒްބުﷲ އާއި ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލާ އެކަމުން ދުރުވެ ތިބުމަކީ އެންމެ މަސްލަހަތު ހުރި، ރަނގަޅު ގޮތް ކަމަށާއި އެހެން ނޫނީ އެކަމުގެ ހިތި ނަތީޖާ މުޅި މެދުއިރުމައްޗަށް ވެސް ކުރާނޭ ކަމަށެވެ. އަދި ހިޒްބުالله އާއެކު ކުރާ ހަނގުރާމަ ހުއްޓާލުމަށް މުޅި މެދުއިރުމަތީގެ ގައުމުތަކުން ވެސް މަސައްކަތް ކުރަމުންދާ އެންމެ ބޮޑު ސަބަބަކީވެސް އެއީކަމަށް އެމެރިކާއިން ބުނެއެވެ.

އަދި އެއްވެސް ހާލަތެއްގައި އެއްވެސް ގޮތަކަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލަން ދެކޮޅު ހަދައި އިސްރާއީލުން ގަދަފައި ވިއްދާފައި ވީ ނަމަވެސް އެގައުމުގެ މިހާރުގެ އާދޭހަކީ ވީހާވެސް އަވަހަށް ހަނގުރާމައަށް ނިމުން ގެނައުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން ހިޒްބުﷲ އަދި ހަމާސް އާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަކަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް އިސްރާއީލުން ވަނީ އެކަމާއި ދެކޮޅު ހަދައި ހަނގުރާމަ ކުރިޔަށް ގެންދާނޭ ކަމަށް މީގެ ކުރިން ބުނެފައެވެ.