English Edition
Dhivehi Edition
ޕީއެންސީ އަށް ސޮއިކުރެއްވި ދެ ކައުންސިލަރުން / ފޮޓޯ: ޕީއެންސީ

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ގަލޮޅު މެދުދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އާއިޝަތު ނިޒްލީ ރަޝީދު, ޕީއެންސީއަށް ސޮއިކުރެއްވީ ރޭ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓީ އިއުލާންކުރުމަށް ބޭއްވި ހަފްލާގައެވެ.

ރޭގެ ހަފްލާގައި ރީހާން އާއި ނިޒްލީގެ ފޯމާހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޑީޕީ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ރީހާން އާއި ނިޒްލީ ޕީއެންސީއަށް ސޮއިކުރެއްވުމުން ދެން މާލޭ ސިޓީ ކައުންސިލުގައި އިންނަވާނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އެންމެ ކައުންސިލަރެކެވެ