English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2

ކުރީގެ ސަރުކާރުން ކުރިއަށްގެން ދިޔަ ‘ބިންވެރިޔާ ސްކީމް’ގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯނު އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހްކުރެވޭނެކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އަންނަ ހަފުތާގެ ތެރޭގައި ގޯއްޗާއި ފްލެޓްވެރިންނަށް ރަޖިސްޓްރީ ހަދައިދީ ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުން ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފައިވާއިރު ބައެއް ފަރާތްތަކަށް ބިމާއި، ބިމުގެ ރަޖިސްޓްރީވަނީ ހަވާލުކޮށްފައެވެ.