English Edition
Dhivehi Edition

ޔަމަނުގައި ކުޑަކުއްޖަކު ރޭޕް ކޮށް މަރާލި މީހަކަށް މަރުގެ އަދަބު ދީފިއެވެ.

ޔަމަނުގެ މީޑިއާ ރިޕޯޓުތަކުން ބުނީ ޔަމަނުގެ ވެރިރަށް ސަނާ ގައި ކުޑަކުއްޖަކު ރޭޕް ކޮށް މަރާލި މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށާއި މި މީހާ އަށް މަރުގެ އަދަބު ދީފައިވަނީ އާންމު މައިދާނަކަށް ގެންގޮސް މޫނު ނިވާކޮށް، 10،000 އަށްވުރެ ގިނަ އާންމު ރައްޔިތުންގެ ކުރީމަތީގައި ބޮލަށް ބަޑި ޖަހައިގެންނެވެ.

ޔަމަނުގެ ވެރިރަށް ސަނާގެ އާންމު މައިދާނެއްގައި ހޯމަ ދުވަހު މި މީހާއަށް މަރުގެ އަދަބު ދިން މަންޒަރު އެގައުމުގެ ޓީވީ ތަކުން ވަގުތުން ދުރަށް ދެއްކިއެވެ. މިފަދަ ކުއްތައް ކުރާ މީހުންނަށް ޔަމަނުގައި މަރުގެ އަދަބު ދިނުމަކީ އާންމުކޮށް ކުރާ ކަމެކެވެ. މިފަދަ މަރުތައް ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ހޫތީންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޔަމަނުގެ ސަބާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުން މަރުގެ އަދަބު ދީފައިވަނީ އުމުރުން 41 އަހަރުގެ މުޙައްމަދު ޝާޑް މުޖާހިދް އަލް މަޣްރާބީ ނަމަކަށް ކިޔާ ފިރިހެނަކަށެވެ. މީނާ އަށް މަރުގެ އަދަބު ދިނީ ރަނާ އަލް މަތާން ނަކަމަށް ކިޔާ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށް މަރާލިމައްސަލަ އޭނާގެ މައްޗަށް ސާބިތިވުމުންނެވެ.

އުމުރުން 3 އަހަރުގެ މިކުއްޖާ ރޭޕް ކޮށް މަރާލާފައިވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުކަމަށް ޔަމަނުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.