ފީފާ ކުލަބް ވޯލްޑް ކަޕް ސެމީ ފައިނަލްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރިއަލްމެޑްރިޑް ޔޫއޭއީގެ އަލްޖަޒީރާ އަތުން ހަނިގޮތަކަށް މޮޅުވެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަބޫ ދާބީގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ރިއަލްމެޑްރިޑް އާއި އަލް ޖަޒީރާ ބައްދަލު ކުރިމެޗު ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވަނީ 2-1 ލަނޑުންނެވެ.

Soccer Football – FIFA Club World Cup – Al Jazira vs Urawa Red Diamonds – Zayed Sports City Stadium, Abu Dhabi, United Arab Emirates – December 9, 2017 Al Jazira’s Ali Mabkhout celebrates scoring their first goal with team mates REUTERS/Matthew Childs TPX IMAGES OF THE DAY
މިމުބާރާތުގައި ރިއަލްމެޑްރިޑް އާއި ފައިނަލްގައި ދެން ބައްދަލު ކުރާނީ ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަން ބްރެޒިލްގެ ގްރެމިއޯއާއެވެ.
ކުލަބް ވޯލްޑް ކަޕްގައި ރޭ ވަރުގަދަ ރިއަލް މެޑްރިޑް އާއި އަލްޖަޒީރާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަލް-ޖަޒީރާ އިންނެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ބްރެޒިލް ފޯވާޑް ރޮމާރީނިއޯއެވެ.
ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލި މެޑްރިޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުންނެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ވަނީ ކްލަބް ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ.
އަދި މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި ގަރެތު ބޭލް ކާމިޔާބުކޮށްދިން ލަނޑުންނެވ
މިމުބާރާތުގެ ފައިނަލުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރުގެ ރޭ ރާއްޖެ ގަޑިން 22:00ގައެވެ.