English Edition
Dhivehi Edition
އައްޑޫ ސިޓީގައި ފެންބޮޑުވުން

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރެވެހި ގިނަ ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، އައްޑޫ ސިޓީ ފޭދޫ އަދި ހުޅުދޫ މީދޫގެ ގިނަ ހިސާބުތަކުގައި ފެންބޮޑުވެ ގޭގެއަށް ވަނީ ފެންވަދެފައެވެ. އަދި އައްޑޫ ސިޓީގެ އަވަށްތަކުގައި ފެން ހިއްކުމުގެ މަސައްކަތް އާންމު ރައްޔިތުންނާ، ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ހާއްސަކޮށް އުތުރާ މެދު ރާއްޖެ ތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލާފަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.