ޔަމަނުގެ ހޫތީން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ގިނައަދަދެއްގެ ޑްރޯން ހަމަލާތަކެއް މިސްރުން ހުއްޓުވައިފިއެވެ.
ހޫތީން އިސްރައީލަށް ފޮނުވާލި މި ހަމަލާތައް މިޝްރުން ހުއްޓުވީ އެގަމުގެ ވައިގެ ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެންނެވެ.
އިސްރާއީލުގެ ހިފާފައިވާ ސިޓީއެއް ކަމަށްވާ ޢީލާތަށް އަމާޒުކޮށް ހޫތީން ފޮނުވާލި މި ޑްރޯން ހަމަލާތައް ދަތުރުކުރަމުން ދިޔައީ މިސްރުގެ ދަހާބް ބީޗް ކައިރިންނެވެ. މިސްރުން މި ހަމަލާތައް ހުއްޓުވީ ވައިގެ ދިފާއީއީ ނިޒާމުތައް ބޭނުންކޮށްގެންނެވެ.
ހޫތީން އިސްރާއީލަށް އަމާޒުކޮށް ފޮނުވާ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ސައުދީ އަރަބިއްޔާއާއި މިޝްރެވެ. އެހެނީ ހޫތީންނަށް އިސްރާއީލަށް އެއްވެސް ހަމަލާއެއް ދެވޭނީ މި ދެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެންނެވެ.
މީގެ ކުރިންވެސް ހޫތީން ފޮނުވާލި މިފަދަ ގިނަ ހަމަލާތަކެއް ސައުދީންވެސް ވަނީ ހުއްޓުވާފައެވެ.