English Edition
Dhivehi Edition

ރަތްކަނޑުގެ ސަރަހައްދުގައި އިސްރާއީލުގެ ބޯޓުތައް ހިމާޔަތްކުރުމަށް އެމެރިކާގެ ނޭވީން ކުރަމުން ދިޔަ މަސައްކަތް ފެއިލްކޮށްލާ، ޔަމަނުގެ ހޫތީން އިސްރައީލުގެ ދެ ބޯޓަކަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ހޫތީން އިސްރާއީލުގެ ދެ ބޯޓަކަށް ހަމަލާތައް ދީފައި މިވަނީ އެމެރިކާގެ ކަނޑުގެ ސިފައިން ހިންގި ބޮޑު އޮޕަރޭޝަން ފެއިލްކޮށްލުމަށް ފަހުގައެވެ. ހޫތީން ގެ ދެ މިސައިލް ހަމަލާ އެ ބޯޓުތަކަށް އަމާޒުވިއިރު، އެތަނުގައި އެމެރިކާގެ ހަނގުރާންމަތީ މަނަވަރުތައްވެސް އޮތެވެ. އަދި އެ ހަމަލާތައް ފެއިލްކޮށްލަން އެމެރިކާއިން މަސައްކަތްވެސް ކުރިއެވެ. ނަމަވެސް އެކަން ނާކާމިޔާބުވީކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ މުދާއުފުލާ ބޯޓުތަކަށް ޔަމަނުގެ ހޫތީން ދޭ ހަމަލާތައް ދިފާއުކުރު،މަށް އެމެރިކާ އިސްކޮށް އޮވެ އެކި ގައުމުތކުގެ ކަނޑުގެ ސިފައިނާއި އެކު އެކުލަވާލާފައިވާ ބިޔަ ކޯލިޝަންއެއް އޮތް އިރު، މި ކޯލިޝަނުން މިހާރު ވަނީ ރަތް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާންފަށާފައެވެ. އެގޮތުން ވޭތުވެ ދިޔަ ދެ ދުވަހު އެ ކަނޑުން ދަތުރުކުރި އިސްރައީލުގެ ބައެއް ބޯޓުތަކަށް އެ ކޯލިޝަނުން ހިމާޔަތްވެސް ދީފައިވެއެވެ.

ނަމަވެސް އެމެރިކާގެ އެ އޮޕަރޭޝަން ފެއިލްކޮށްލާ، ހޫތީން ވަނީ އިސްރާއީލުގެ ދެ ބޯޓަކަށް މިއަދު ހަމަލާދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އިސްރައީލުގެ ބޯޓުތަކަށް މިސައިލުން ހަމަލާތައް ދީފައިވަނީ ޔަމަނުގެ އަލް ހުދައިދާގެ ހުޅަނގުން 60 ނޯޓިކަލް މޭލު ދުރުންނެވެ.

ހޫތީން މިއަދު ރަތް ކަނޑުގައި ދެ ބޯޓަކަށް ހަމަލާދިން އިރު، މިއީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެއްވެސް ބާރެއް ނެތްކަން ދޭހަވާ ބޮޑު ހެއްކެއްކަމަށް މެދުއިރުމަތީގެ ޚަބަރުތައް ފަތުރާ ބައެއް ވަސީލަތްތަކުން ބުނެއެވެ. އެމެރިކާއިން އިސްކޮށް އޮވެ އުފެއްދި “އޮޕްރޭޝަން ޕްރޮސްޕެރިޓީ ގާޑިއަލް” ފޯސް ކޯލިޝަން އިން ރަތްކަނޑުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، އެ ކޯލިޝަނުން ގެންދަނީ ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ ވިޔަފާރި ބޯޓުތަކަށް ހިމާޔަތް ދިނުމުގެ މަސައްކަޔް ފަށާފައެވެ.