ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިޝްމަސް ފާހަގަ ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ފުހުން އިލްތިމާސްކޮށްފިއެވެ.
އެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ އައު އަހަރާއި ގުޅިގެން ކްރިޝްޓިއަން ދީނުގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށްވާ ކްރިޝްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ރާއްޖޭގައި މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިޔަށް ނުގެންދިއުމަށް އިލްތިމާސް ކުރާކަމަށެވެ.
އަދި މިފަދަ ހަރަކާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގައި މަނާކަމެއްކަމުގައި ދަންނަވާ ކަމަށެވެ.
އެހެންކަމުން ކްރިޝްމަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމުގައި ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
” އައު އަހަރާއި ގުޅިގެން ކްރިޝްޓިއަން ދީނުގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށްވާ ކްރިޝްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ރާއްޖޭގައި މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިޔަށް ނުގެންދިއުމަށް ދަންނަވަމެވެ. އަދި މިފަދަ ހަރަކާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގައި މަނާކަމެއްކަމުގައި ދަންނަވަމެވެ.
އެހެންކަމުން ކްރިޝްމަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ.” ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.