English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ރާއްޖޭގެ ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: ދިވެހި ހައްޖު މިޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަމަށް 800 ސްމާޓް ޓެގް ހޯދަން އިއުލާންކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ، ސެމްސަންގް ގެލެކްސީ ސްމާޓް ޓެގް 2 ، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނު ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 ޖަނަވަރީ 2024 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުމައް އެދިފައެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ބައެއް ފަހަރު ހައްޖާޖީން ގެއްލިގެން ހޯދަން ޖެހޭ އިރު ސްމާޓް ޓެގް ބޭނުން ކުރަން ފެށުމުން މި މައްސަލަ ހައްލުވެގެން ދާނެއެވެ.

ސްމާޓް ޓެގަކީ ހައްޖާޖީންގެ އަތްދަބަހުގެ ތެރެއަށްލާފައި ބޭއްވުމަށް ހަވާލުކުރެވޭ އެއްޗެކަށްވާއިރު ހައްޖާޖީން ގެއްލިގެން ހޯދަންޖެހޭ ހާލަތުގައިވެސް ސްމާޓް ޓެގްގެ އެހީގައި ހުރި ތަނެއް ހައްޖު ކޯޕަރޭޝަނަށް ފަސޭހައިން ދެނެގަނެވޭނެއެވެ.