English Edition
Dhivehi Edition

އިންޑިއާ ފުލުހުން ޖައިޕޫރުގައި ހުންނަ މިސްކިތަކަށް އަރައި އެތަނުގައި ދެމުން ދިޔަ ބަންގި ހުއްޓުވައިފިއެވެ.

ޖައިޕޫރުގައި ހުންނަ މުސްލިމުން ނަމާދުކުރާ މި މިސްކިތަށް ބުދުދީނުގެ ފުލުހުން ވަދެ ބަންގި ހުއްޓުވީ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ބުދިސްޓުން ގެ ޝަކުވާތަކާއި ގުޅިގެންނެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖައިޕޫރުގެ މި މިސްކިތް ހުންނަނީ ބުދިސްޓުންގެ ބޮޑު ޖަމާއަތެއް ދިރިއުޅެމުން އަންނަ ރާޖަސްތާނުގައެވެ.

މިސްކިތް ވަށައިގެން ގިނަ އަދަދެއްގެ ބުދިސްޓުންނާއި ހިންދޫ ދީނުގެ މީހުން އެ ސަރައްދުގައި ދިރިއުޅެއެވެ. އަދި ގިނަ އަދަދެއްގެ ބުދަށް އަޅުކަން ކުރުމަށް ހަދާފައިވާ ބުދު ފައްޅިތައް އެ ހިސާބުގައި ހުރެއެވެ.

އެހެންކަމުން މިސްކިތުގައި ބަންގި ގޮވާއަޑު އިވުމުން އުނގަދުވާކަމަށް ބުނެ ހިންދޫ ބުދު ދީނުގެ މީހުން ފުހުންނަށް އެ މައްސަލަ ވަނީ ހުށްއަޅާފައެވެ. އަދި މި ހުށައެޅުމަށް އިޖާބަދީ ފުލުހުން ވަނީ އެ މިސްކިތަށް އަރައި އިމާމު މީހާ ދެމުން ދިޔަ ބަންގި ހުއްޓުވާފައެވެ. އަދި އިތުރަށް އެ މިސްކިތުގައި ބަންގި އަޑުގަދަކޮށް، ފައްޅިތަކަށް އިވޭވަރަށް ނުދިނުމަށް ވެސް ވަނީ އަންގާފައެވެ.

ފުލުހުން މިސްކިތަށް ވަދެ ބަންގި ހުއްޓުވުމާއި އެކު އެ ސަރައްދުގައި ދިރިއުޅޭ ބުދިސްޓުން ވަނީ އެކަން ހުއްޓުވި ފުލުހުންނަށް ޝުކުރުއަދާކޮށް ކަރުގައި މާފަތިވެސް އަޅުވަދީފައެވެ.