English Edition
Dhivehi Edition

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރޭ އެނާގެ މަންމައަށް ހަމަލަދީ ޒަޚަމްކޮށްލި ފިރިހެން މިހާއަކީ ނަފުސާނީ ގޮތުން ބަލި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭ ފޭސް 1ގެ ފްލެޓެއްގައި، ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ، ރޭ 18:50 ހާއިރުކަމަށެވެ. އަދި މިހަމަލާގައި ޒަޚަމްވެފައިވަނީ 51 އަހަރުގެ އަންހެނެއް ކަމަށާއި، އަންހެން މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެއެވެ.

ފިރިހެން މީހާގެ އޭނާގެ މަންމައަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.