English Edition
Dhivehi Edition
އުރީދޫ ޑްރޯން ރޭސް 2023: ސްކައި ވޯކާ ކޮލިފައިން ބުރުގެ ތެރެއިން ފޮޓޯ: އުރީދޫ

އުރީދޫ ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.

އުރީދޫން ބުނީ، ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާކަމަށެވެ. އަދި ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ 9 ޕައިލެޓެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އުރީދޫ އިން ބުނީ ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފައިވާ އިރު އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއް ވެސް ކޮލިފައިންގް ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފައިވާކަމަށެވެ.

އުރީދޫން ބުނީ، އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ މި މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެއެވެ. މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ރީދޫން ބުނީ، ހުކުރުދުވަހުގެ ހެދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވާ ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭސިން ކޮމްޕެޓިޝަން ކަމުގައިވާ އުރީދޫ ޑްރޯން ރޭސް ގެ ފައިނަލް ބަލާލުމަށް ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފަން ރަން 2023 ގެ ޕްރީމިއަމް ޕަރޓްނަރު، ސްޓެބިސިސްއިން ދައުވަތު އަރުވާ ކަމަށެވެ.

ޓެގު