English Edition
Dhivehi Edition

2 ހަފްތާ ތެރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ވަޒީރު އިޙްސާން ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގެވި އޮޕަރޭޝަނެއްގައިކަމަށެވެ. ރައީސް އެކުލަވައިލެއްވި އެ ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި ކަރެކްޝަންސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ފާއިތުވި 2 ހަފްތާ ތެރޭ 5.5 މިލިއަން ރުފިޔާގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.