English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

މާލޭ ދެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން އުމުރުން 42 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުންގެ މައްޗަށްވެސް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ބެލި ދެ ގެއިންވެސް މަސްތުވާތަކެތި ފެނިފައިވާއިރު، މި މައްސަލައިގައި އެއް ގެއިން ހައްޔަރު މީހަކު ވަނީ މަސްތުވާތަކެއްޗަކީ އޭނަގެ ތަކެތިކަމަށް އިއުތިރާފުވެފައެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި 42 އަހަރުގެ މީހާގެވަނީ އޯޕީއައި އާއި އޭއެމްޕީ އާއި ސީއޯސީއަށް ޕޮޒިޓިވްވެފައެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ.