English Edition
Dhivehi Edition

ޔަމަނުގެ ހޫތީން އަނެއްކާވެސް އިސްރާއީލުގެ ވިޔަފާރި ބޯޓަކަށް ހަމަލާ ދީ ގެއްލުނަތްކެއް ދީފިއެވެ.

އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަސްއިން ބުނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލުގެ ބޯޓަކަށް ހަމަލާދީފިކަމަށާއި، އެންޓި ޓޭންކް މިސައިލް ބޭނުންކޮށްގެން ހޫތީން ހަމަލާދީފައި ވަނީ ޓޭންކަރު އުފުލާ ސްޓްރިންޑް ނަކަމަށް ކިޔާ އިސްރާއީލުގެ ބޯޓަކަށް ކަމަށެވެ.

އަދި ސްޓްރިންޑާ ނަކަމަށް ކިޔާ މި ބޯޓަށް ހޫތީން ހަމަލާ ދީފައިވަނީ ބާބް އަލްމަންދަބް ސްޓްރެއިޓްގެ އުތުރުން ގާތްގަނޑަކަށް 60 ނޯޓިކަލް މޭލު ދުރުން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ހޫތީން މި ހަމަލާއާއި ގުޅިގެން ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިސައިލް ހަމަލާ އަމާޒުވެފައިވަނީ ބޯޓުގެ މެދުތެރެއިން އެއް އަރިމައްޗަކަށެވެ. މި ހަމަލާއާއި ގުޅިގެން ބޯޓުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި ބޯޓުގައި ހުރި އެއްވެސް މުދަލަކަށްވެސް މާބޮޑު ގެއްލުންތަކެއް ލިބިފައިނުވާކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ހޫތީންގެ މި ހަމަލާއާއި ގުޅިގެން އިސްރާއީލުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވާއިރު، އެމެރިކާއިން ވަނީ ހޫތީންގެ މި ހަމަލާކުއްވެރި ކުރާކަމަށް ބުނެފައެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވަލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ހޫތީން މިސައިލް ހަމާދީ ގެއްލުންތަކެއް ދީފައިވަނީ އިސްރާއީލާއި ސީދާ ގުޅުމެއް އޮތް އުޅަނދެއްކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުނުވާކަމަށެވެ. އަދި އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އިސްރާއީލުގެ ބަނދަރަކަށް ދާން ކަމެއްވެސް ސާފުނުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރަތް ކަނޑާއި ބާބް އަލްމަންދަބް ސަރައްދު ބްލޮކޭޑް ކޮށްގެން އެ ސަރަހައްދުން ދަތުރުކުރަމުން ގެންދާ އިސްރައީލަށް ނިސްބަތްވާ ބޯޓުތަކަށް މެދު ނުކެނޑި ހޫތީން ހަމާލާތައް ދެމުން އަންނައިރު، އެމެރިކާ އަދި އިސްރާއީލު ގުޅިގެން އަންނަނީ ޔަމަނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންްކަމަށް ރިޕޮޓޫތައް ބުނެއެވެ.