English Edition
Dhivehi Edition

ފަލަސްތީނުގެ ހަމާސް މުޖާހިދުންނާއި އިސްރާއީލުގެ ޔަހުދީން ސިފައިންނާއި ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި ޒަޚަމްވި އިސްރާއީލުގެ ސިފައިންގެ އަދަދު އެގައުމުގެ ނޫހަކުން ފަޅާއަރުވާލައިިފިއެވެ.

އިސްރައީލުގެ ނޫހެއްކަމުގައިވާ ހާރެޓްޒް އިން ހާމަކުރި ގޮތުގައި ހަމާސް އާއި ދެކޮޅަށް އިސްރާއީލުގެ ސިފައިން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް ޒަޚަމްވި ސިފައިންނާއި ގުޅޭގޮތުން އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު ވަނީ ދޮގުހަދާ އޮޅުވާލާފައިކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ހަނގުރާމަ ފެށިފަހުން މިހާތަނަށް ޒަޚަމްވެފައިވަނީ 1593 ސިފައިންނެވެ. ނަމަވެސް ހާރެޓްޒް ނޫހުން ހާމަކުރި ގޮތުގައި ތަރުޖަމާން އަދަު ހާމަކުރުމުގައި ވަނީ އޮޅުވާލާފައެވެ. ޖުމުލަ އަދަދެއްކަމުގައި ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވަނީ 3852 އިސްރާއީލު ސިފައިން ވަނީ މި ހަނގުރާމައިގައި ޒަޚަމްވެފައެވެ.

ތިރީގައި މިވަނީ ހާރެޓްޒް ނޫހުން މި ހަނގުރާމައިގައި ކަޚަމްވި އިސްރާއީލު ސިފައިންގެ ތަފްސީލުތަކެވެ.

* ބަރްޒެލާޒީ ހޮސްޕިޓަލް (ބެރްޝެބާ) އިން 1،490 ސިފައިންނަށް ފަރުވާ ދީފައިވޭ
* އައްސުތާ ހޮސްޕިޓަލުން 178 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ޓެލްއަވީވްގެ އިޗިލޯވް ހޮސްޕިޓަލުން 148 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ހައިފާގެ ރަމްބަމް ހޮސްޕިޓަލުން 188 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ގުދުސްގެ ހަދާސާ ހޮސްޕިޓަލުން 209 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ގުދުސްގެ ޝައާރޭ ޒެޑެކް ހޮސްޕިޓަލުން 139 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ދެކުނުގެ ސޮރޮކާ ހޮސްޕިޓަލުން 1،000 ސިފައިންނަށް ފަރުވާ ދީފައިވޭ.
* ދެކުނުގެ ޝެބާ ހޮސްޕިޓަލުން 500 ސިފައިންނަށް ފަރުވާ ދީފައިވޭ.

އިސްރާއީލުގެ ހޮސްޕިޓަލްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ހަނގުރާމައިގައި ކަޚަމްވި އިސްރާއީލު ސިފައިންގެ ޖުމްލަ އަށް ބަލާއިރު، އަދަދު 3،852 އަރައެވެ. އޭގެ އިތުރުން އަސްކަރީ މޮބައިލް ހޮސްޕިޓަލްތަކުގައި ކުދިކުދި ޒަޚަމްތައް ލިބިފައިވާ ގިނަ އަދަދެއްގެ ސިފައިން ތިބިކަމަށް މައުލޫމާތު ލިބިފައިވާއިރު، ޒަޚަމްވި ސިފައިންގެ ޖުމުލަ އަދަދު 7000 އަށް ވުރެ ގިނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.