English Edition
Dhivehi Edition

ޔަމަނުގެ އަންސާރުﷲ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރެޑްސީގައި އިޒްރޭލަށް ވަންނަންދާ އުޅަނދުތައް މަނާކޮށް އިޒްރޭލާ ދެކޮޅަށް ބްލޮކޭޑެއް އަންސާރުﷲ އިން އިއުލާން ކުރުމާއި ގުޅިގެން އިސްރާއީލާއި އެމެރިކާއިން ވަނީ އެކަމާއި އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި އަންސާރުﷲ ގެ މި އަނިޔާވެރިކަން ނިންމަން ޖެހޭކަމަށް އިސްރައީލުން ބުނެފައިވާއިރު، އެމެރިކާއިން ދަނީ އެގައުމާއި ބައިވެރިވެ، އަންސާރުﷲ ގެ މި ހަރުކަށި ފިޔަވަޅުތައް ނިމުކަމަށް ގެނައުމަށް މަސައްކަތް ވެސް ކުރަމުންނެވެ.

އަންސާރުالله ނުރައްކާތައް އިސްރާއީލާއި އެމެރިކާއަށް އިންތިހާއަށް ބޮޑުވެފައިވާއިރު، އަންސާރުﷲ އާއި ކުރިމަތިލުމަށް އެމެރިކާ އިސްކޮށް އޮވެ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓާސްކް ފޯސް 153 ނަމުގައި އުފެއްދި މި ޓާސްކް ފޯހުގައި އެމެރިކާގެ އިތުރުން 14 ގައުމެއް ހިމްނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާ އިސްވެ އޮވެ އުފެއްދި މި ޓާސްކް ފޯސް 153 ގައި ހިމެނޭ ގައުމުތަކަކީ ބަހްރެއިން، ބްރެޒިލް، ޑެންމާކް، ޖަޕާން، ޖޯޑަން، ކުވައިތު، ޕާކިސްތާން، ފިލިޕީންސް، ނިއުޒީލެންޑް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޫރު، ތައިލެންޑް، ތުރުކީ އަދި އިނގިރޭސިވިލާތެވެ.

އެމެރިކާ އިން އިސްކޮށް އޮވެ އަންސާރުﷲ އަށް ހަމަލާދިނުމަށް ރާވާކަމުގެ މައުލޫމާތު ލިބުމާއި އެކު އަންސާރުﷲ އިން ވަނީ އެގައުމަށް އެމެރިކާއިން ވިޔަސް އަދި އިސްރާއީލުންވިޔަސް ހަމަލާދީފިނަމަ އެކަމުގެ ރައްދު ވަރަށް ހިތިކޮށް ދޭނޭކަމަށް ބުނެފައެވެ. ޔަމަނުގެ އަންސާރުﷲ އިން ބުނެފައިވަނީ އެގައުމަށް ހަމަލާދީފިނަމަ އިސްރައީލުގެ ނިއުކުލިއަރ ޕްލާންޓްތަކަށް ހަމަލާދީ އެތަން ގޮއްވާލާނޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ނުރައްކާވެސް އިއިސްރާއީލަށް ބޮޑުވެފައިވާއިރު، އެމެރިކާއިން ދަނީ ސައުދީ އަރަބިއްޔާއާއި ޔޫއޭއީ އާއި އެކު ހިޒްބުﷲ އަށް ހަމަލާ ދިނުމަށް މަޝްވަރާތައް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.