English Edition
Dhivehi Edition
އައްޑޫސިޓީ ޑްރޯން ފޮޓޯ: އާތިފް އަހުމަދު

އައްޑޫސިޓީގެ ގުޅިފައިވާ 4 ރަށުން ސަޕްލައިފެނުގެ ޚިދުމަތް މެދުކެނޑިފައިވާތާ ގިނައިރުތަކެއްވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ކުރަން ފަށައިފިއެވެ. މިއަދު މެންދުރުކުރިން ފެށިގެން އައްޑޫގެ ގުޅިފައިވާ 4 ރަށުން ވަނީ ސާފުފެނުގެ ޚިދުމަތްމެދު ކެނޑިފައެވެ. ފެނުގެ ޚިދުމަތް އައްޑުއަށް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ އައްޑުސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން ފެނުގެ ޚިދުމަތް ފޯރުކޮށް ދެވޭނެ އިރެއް ނޭނގޭ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

“މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރޭ. މިކަންކުރަން މާލެއިން ސްޕެއާ ވެސް ގެންނަން ޖެހިދާނެ.” މޭޔަރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ ފެން ފޯރުކޮށްދޭ ޕަންޕްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފެނުގެ ޚިދުމަތް މެދު ކެނޑުމާއެކު އެކަން ޙައްލު ކުރުމަށް ފެނަކައިން މަސައްކަތް ފަށާފައިވާ ކަމަށާއި މައްސަލަ ޙައްލުވީހާ އަވަހަކަށް ފެން ފޯރުކޮށްދޭނެ ކަމަށެވެ.

ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ