English Edition
Dhivehi Edition
އިމިގްރޭޝަންގެ އޮފިޝަލަކު ޕާސްޕޯޓެއް ބަލަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

ރާއްޖޭގެ ހުރިހާ ސިޓީ ތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިދާރާގެ ރީޖަނަލް އޮފީސްތައް ހުންނަ 4 އަތޮޅަކުން މިއަދުން ފެށިގެން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްކޮށްފައިވާއިރު އެ އިދާރާއިން ބުނީ މި ބަދަލުގެ ސަބަބުން އައްޑޫ އިން ހަފުތާއަކު ދެ ދުވަހު ދޫކުރި ޕާސްޕޯޓު މިއަދުން ފެށިގެން ހަފުތާއަކު ހަތަރު ދުވަހު ދޫކުރާނެކަމަށެެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ކުޅުދުއްފުއްޓާ ތިނަދޫ އަދި ފުވައްމުލަކުން ޕާސްޕޯޓް ދޫކުރަމުން އައީ ހަފުތާއަކު އެއް ދުވަހު ނަމަވެސް މިއަދުން ފެށިގެން ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓް ދޫކުރާނެކަމަށެވެ.