English Edition
Dhivehi Edition

މިދިޔަ ބުރާސްފަތި ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ޢައްޔަންކުރެވުނު ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، ޙަސަން މުޣުނީގެ ނަން އުނިކޮށް ޕީސީބީގެ ބޯޑު އަލުން އެކުލަވާލައިފިއެވެ.

ޕީސީބީން އަންގާރަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕީސީބީގެ ބޯޑު 26 ނޮވެންބަރު 2023 ވަނަ ދުވަހު އަލުން އެކުލަވާލައްވައިފައެވެ. މިގޮތުން ބޯޑު އަލުން އެކުލަވާލައްވާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  1. އަލްފާޟިލް ޙަމްދީ ޢަޤީލް – ރައީސް
  2. އަލްފާޟިލް މުޙައްމަދު ފިރާޟް – ނައިބު ރައީސް
  3. އަލްފާޟިލް އަޙްމަދު މުޝްތާޤު – މެންބަރު އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާ)
  4. އަލްފާޟިލާ ލީނާ ޢަބްދުލްޖަލީލް – މެންބަރު (ބޭންކިންގ ދާއިރާ)
  5. އަލްއުސްތާޛް މޫސާ ފަތުޙީ އާދަމް – މެންބަރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ)
  6. އަލްފާޟިލް ޙަސަން ޒަރީރު – މެންބަރު (އިކޮނޮމިކްސް ދާއިރާ)
  7. އަލްއުސްތާޛް އަޙްމަދު ނަޝާޠު – މެންބަރު (ޤާނޫނީ ދާއިރާ)

ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރެވުނު ސަބަބު އަދި ސާފެއް ނުވެއެވެ.