English Edition
Dhivehi Edition
އެމްޓީސީސީ ޓަވަރ - ފޮޓޯ: މުޙައްމަދު މުޒައްޔިން ނާޒިމް (ސަން)

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ސާކިއުލާއެއް ނެރެފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާގައި ވަނީ މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ހަމަ މަގަށް އެޅުއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކޮށްފައެވެ. އެގޮތުން ކުންފުނިތަކުން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި

  • ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން
  • ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުން
  • ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
  • ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
  • އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގއި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
  • ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން
  • ންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަަކަށް ނެނެގުން
  • ޕީސީބިގެ ހުއްދައާއިއެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން
  • ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުން

މީގެ އިތުރުން ޕީސީބީ އިން ވަނީ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައި އިނާޔަތް ދިނުން ހުއްޓާލުމަށް އަންގާފައެވެ. އަދި ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމާއި ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތަކަށް އައުޓްސޯސްކޮށްގެން ނުކުރުމަށްވެސް ޕީސީބީ އިން ވަނީ އެދިފައެވެ.

ޓެގު