English Edition
Dhivehi Edition

އިސްރާއީލުގެ އަސްކަރިއްޔާ އާއި ހަމާސް މުޖާހިދުންނާއި ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ދުނިޔޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރަމުން އަންނަ 57 ނޫސްވެރިންނާއި މީޑިއާ ވޯކަރުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވާ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން (ސީޕީޖޭ) އިން ބުނެފި އެވެ.

ސީޖޭއިން ހޯމަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ހަތަރު ނޫސްވެރިއަކާއި އެކު މިހާތަނަށް މި ހަނގުރާމައިގައި މަރުވެފައިވާ ނޫސްވެރިންގެ އަދަދު 57 އަށް އަރާކަމަށާއި އޭގެ ތެރޭގައޮ ފަލަސްތީނުގެ 50 ނޫސްވެރިއަކާއި އިސްރާއީލުގެ ހަތަރު ނޫސްވެރިއެއްގެ އިތުރުން ލުބުނާނުގެ ތިން ނޫސްވެރިން ހިމެނޭކަމަށެވެ. އަދި މީގެ އިތުރުން 19 ނޫސްވެރިއަކު އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ކަމަށް މި ރިޕޮޓުގައި ބުނެފައިވެއެވެ.

ސީޕީޖޭގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ހަނގުރާމައިގެ ތެރޭގައި އެތައް ނޫންވެރިއަކަށް ޔަހޫދީ ސިފައިން މަރުގެ އިންޒާރު ދީ އެތައް ގޮތަކުން އަނިޔާތަކެއް ދީފައިވާ ކަމަށާއި މި މައްސަލަތަކުގެ ތަހުގީގުތައް މިހާރު ކުރިރިއަށް ދާކަމަށެވެ.

މީގެ އިތުރުން ސީޕީޖޭ އިން ބުނީ ގިނަ ނޫސްވެރިން ތަކެއް މަރާލުމުގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ހިފާ ހައްޔަރުވެސް ކޮށްފައިވާ ކަމަށާއި އަދި ގިނަ ނޫސްވެރިންތަކަކަށް ބޮޑެތި އަނިޔާތަކެއްވެސް ދީފައިވާ ކަމަށެވެ. އަދި އެތަކެއް ނޫސްވެރިންނަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާޖަގަކޮށްފައިވެއެވެ. އަދި މި މައްްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ސީޕީޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ސީޕީޖޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަކީ ވަރަށް މުހިންމު ބުރަ ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަބައެއް ކަމަށާއި ހަނގުރާމައިގެ ތެރޭގައި އެމީހުންނަށް އަމާޒުކޮށް ހަމަލާދީ މަރާ އިންޒާރުދީ ހެދުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެގޮތަށް ނޫސްވެރިންނާއި މެދު އަމަލުކޮށްގެން ނުވާނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން ވަރަށް ބޮޑަށް ކުއްވެރިކުރާކަމަށް ވެސް ބަޔާނުގައި ބަޔާނުގައި ވަނީ ބުނެފައެވެ.

ސީޕީޖޭގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޝެރިފް މަންސޫރު ވިދާޅުވީ ޣައްޒާ ހަނގުރާމައިގަ އާއި ދުނިޔޭގެ އެހެނިހެން ކަންކަމުގެ މުހިންމު މައުލޫމާތުތައް ކިޔުންތެރިންނާއި ބެލުންތެރިންނަށް ގެނެސްދިނުމަށް ނޫސްވެރިން ކުރާ ބުރަމަސައްކަތަކީ އޭގެ އަގުވަޒަން ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށާއި އެމީހުންގެ މަސައްކަތައް ހުރަސް އަޅާ ހަމަލާދީ މަރާ އަނިޔާކޮށް ހައްޔަރުކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. އަދި އެއީ ބައިނަލްއަޤުވާމީ ޤާނޫނުގައިވެސް ކުށެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ޝެރިފް މަންސޫރު ވަނީ ގޮވާލައްވާފައެވެ.