English Edition
Dhivehi Edition
ކުރީގެ ރައީސް ވަޙީދު ޕީޕީއެމް / ޕީއެންސީ އާއި ގުޅީވަޑައިގެން ލީޑަރޝިޕް އާއިއެކު

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލު ކުރައްވާނެ ޕީޖީ ލީޑަރު ކަމަށް ފަޒުލް ހަމަޖައްސާފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށެވެ.

މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީއަކަށް ޕީއެންސީ ވެފައިވަނީ، ރިޔާސީ އިންތިހާބުގައި މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ކަމަށްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނެނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނެވެ. އަދި ޕީޕީއެމްގެ 2 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންގެ އިތުރުން ޖޭޕީގެ 2 މެންބަރުންނާއި، އެމްއެންޕީގެ 2 މެންބަރުން އަދި މިނިވަން 4 މެންބަރުންނެވެ.