English Edition
Dhivehi Edition
02 މާރިޗް 2023: ތ. ހިރިލަންދޫގައި ހުޅުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް އިމާރާތް - ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ ކޯޕަރޭޝަނާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ.

މިއަދު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލާފައިވާކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި އެ ކުންފުނިން ފަށާފައިވާކަން އެ އެޖެންސީއަށް ޔަގީންކުރެވިފައިވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ރިޢާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން 4,200,000.00ރ (ހަތަރު މިލިއަން ދެލައްކަ ދިވެހިރުފިޔާ) އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އަދި އެ ޖޫރިމަނާ އަށްވާ ފައިސާ 19 ނޮވެމްބަރ 2023 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ފެނަކައަށް ވަނީ އަންގާފައެވެ. އަދި، އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ އެންމެހައި މަޝްރޫޢުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށްވެސް ވަނީ އެދިފައެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ މީގެ ކުރިންވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު (2012) އަށް 6 ފަހަރެއްގައި ޚިލާފުވުމާއި ގުޅިގެން އެފަރާތާއި މެދު އެ އެޖެންސީން ފިޔަވަޅު އަޅާފައިވާކަމަށެވެ.