English Edition
Dhivehi Edition

ޓިވެޓް އޮތޯރިޓީ އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މީ ޒުވާނުން ހުނަރުވެރި ކުރުވާ، ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިލޭ ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި މިހާތަނަށް ތިން ބެޗެއްގައި ޖުމްލަ 392 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިހާރުވެސް ލެވެލް ތިނެއްގެ ޕްރޮގްރާމްގައި 156 ކުދިން އަދި ލެވެލް ހަތަރެއްގައި 236 ކުދިން ދަނީ ކިޔަވަމުންނެވެ. އަދި ލެވެލް ތިނެއް ނިންމާ ކުދިންނަށް ލެވެލް ހަތަރެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމުގައި ތަމްރީނު ހަދާ ފަރާތްތަކަށް ޕްރެކްޓިކަލް ބައި ފުރިހަމަ ކުރާށާއި އާމްދަނީ ހޯދުމުގެ މަސައްކަތުގައި ގެންގުޅެން ފަހުން ފައިސާ ދައްކާގޮތަށް 8000ރ. ގެ “ނިކޮން 3400” ކެމެރާއެއް ލިބޭނެ އެވެ. އެ ކެމެރާގެ ފައިސާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށްފަހު އެއް އަހަރުގެ ތެރޭގައި ކޮންމެ މަހަކަށް 667 ރުފިޔާ އެވެ ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޓިވެޓް އޮތޯރިޓީން ހިންގި ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ވޭތުވެ ދިޔަ ތިން އަހަރު 8500 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައި ވެއެވެ.