English Edition
Dhivehi Edition

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އެގްޒެކްޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު ވިޔަފާރިއާއި ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން ) އަންގަވައިފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ވަނީ، ކުންފުނިތަކުގެ ބޯޑަށް އެގްޒެކްޓިވް މެންބަރަކު އަންޔަންކުރުމާ ދެމެދު ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި އެއްވެސް ކަމެއް ނުކުރުމަށްވެސް އަންގަވާފައެވެ.

މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ ނެތް ހާލަތެއްގައި ކުންފުނީގެ ހިންގުން ހަވާލުވާނީ އެގްޒެކްޓިވް ބޯޑުގެ މެންބަރުންނާ ކަމަށެވެ. ބޯޑުގެ އެގްޒެކްޓިވް މެންބަރެއް ނެތް ހާލަތުގައި ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ނުވަތަ ކުންފުނީގެ މެނޭޖްމަންޓްގެ އެންމެ އިސް ފަރާތަކާއި ކުންފުނީގެ ހިންގުން ހަވާލުކުރެވޭނެ ކަމަށްވެސް ޕީސީބީގެ ސަރކިއުލާގައި ވަނީ ވިދާޅުވެއެވެ.

އަދި މިހާލަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވަގުތީ ގޮތުން ހިންގުން ހަވާލުކުރާ ފަރާތުގެ މައުލޫމާތު ހިމެނޭހެން އެފަރާތުގެ މަޤާމް، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ޙިއްސާކުރެއްވުމަށް އެ ބޯޑުން ވަނީ އަންގަވާފައެވެ.

ޕީސީބީން ވަނީ އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރު އަދި ހާމަކަންބޮޑުގޮތެއްގައި ކުންފުނީގެ ނިންމެވުންތައް ނިންމެވުމަށް ވެސް އަންގާފައެވެ.