English Edition
Dhivehi Edition
ޖުމްހޫރީ މައިދާން

މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ޖުމްހޫރީ މައިދާނުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމަށް ނިންމައިފިއެވެ.

ޑރމުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ޕާކުކުރުން މަނާވާނެކަމަށެވެ،

މި ގޮތުން ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން މަނާ ވަނާއެވެ. އަދި އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައިވަނީ އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީ އާ ހަމައަށެވެ. އަދި މުލިއާގެ ވަށައިގެންވާ މަގުތަކާއި ރައްޔިތުންގެ މަޖިލިހުގެ ވަށައިގެންވާ މަގުތައް ވެސް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ލޯކަލް މާރުކޭޓުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެ ސަރަހައްދުގައި ކަނޑުއުޅަނދުތައް ނުބޭއްވޭނެކަމަށެވެ.