English Edition
Dhivehi Edition
ފެމެލީ ކޯޓު

ކައިވެނިކުރުމަށް އެދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ފޯމުތައް އޮންލައިންކޮށް ލެވޭ ގޮތަށް ހަދައިފިއެވެ.

“ކޯޓަށް ފަރިތަ” ނަމުގައި ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ދަށުން އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް ހަދާފައިވާއިރު އެކަން އިއުލާންކޮށް ޖުޑިޝަރީއިން ބުނީ ކައިވެނިކުރަން ފޯމު ހުށަހަޅަން ދެވެން ނެތުމުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް މިއަދު ތައާރަޕްކޮށްފައިވާ ކަމަށެވެ.

މި ގޮތުން މިހާރު އީފާސް އަށް ލޮގިން ވެގެން ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމުވެސް ހުށަހެޅޭނެއެވެ. މީގެ އިތުރުން ދެ އަންބަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމާއި ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމު އަދި ކައިވެނި ރުޖޫއަކުރުމަށް ހުށަހަޅާ ފޯމުވެސް ހުށަހެޅޭނެއެވެ.