ފުވައްމުލަކު އެއާޕޯޓްގައި ކާގޯ ވެހިކަލެއް މޯލްޑިވިއަންގެ ފްލައިޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދީފައިވަނީ ފުވައްމުލައް ހޮސްޕިޓަލުގައެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ބަނޑު ޒަހަމް ވެފައިވާކަމަށާއި އިންޓާނަލް ބްލީޑިން އެއް ހުރި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާ ރޭގެ ވަގުތެއްގައި މާލެ ގެނެސް އޭޑީކޭ ގައި ފަރުވާދެމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު އޭނާގެ ސީޓީ ސްކޭންއެއް ވަނީ ހަދާފައެވެ.
އިއްުޔެ ފުވައްމުލައް އެއާޕޯޓުގައި ހިނގި މި ހާދިސާ އާއި ގުޅިގެން މޯލްޑިވިއަން އިން މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ހާދިސާގައި އެއްވެސް ފަސިންޖަރެއް އަދި ކްރޫ މެންބަރަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.