English Edition
Dhivehi Edition

ފޮށިން ފިސްތޯލައެއް ފެނިގެން ސްރީލަންކާގެ ބަންޑާރަނައިކާ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ރޭ 11 ޖަހާއިރު ލަންކާ އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް މި މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ލަންކާ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.