English Edition
Dhivehi Edition

ފަހަކަށް އައިސް އިސްރާއީލުން ޣައްޒާއާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަތުލުއާންމުތަކާއި ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔާ، އެ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާ އެއް ގައުމަކީ އުތުރު ކޮރެއާއެވެ.

އުތުރު ކޮރެއާއިން އިސްރާއީލުގެ ލާއިންސާނީ މި އަމަލުތަކަށް ފާޑުކިޔަމުން ގެންދާއިރު، އުތުރު ކޮރެއާއިން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ޤަތުލުއާންމުތައް ހުއްޓުމަަކަށް ގެނައުމަށެވެ. އެގޮތުން ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެއާއިން ދަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތީ ކޮން ގޮތަކުންތޯ ބަލާ ދެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އުތުރު ކޮރެއާއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދަނީ ހަމާސް ޖަމާއަތަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަމެވެ. މިކަމާއި ގުޅިގެން އުތުރު ކޮރެއާއިން ރަސްމީކޮށް ބަހެއް ބުނެފައި ނެތް ނަމަވެސް އެކަމަށް ބާރުލިބޭ ގޮތަށް އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ ޔުން އަންނަނީ ވާހަކަ ދައްކަވަމުންނެވެ.

ކިމް ޖޮންގ ޔުން ވިދާޅުވީ އިސްރާއީލަކީ މީގެ ކުރިން ދުނިޔޭގެ ޗާޓުން ވެސް ފެންނަން އޮތް ގައުމެއް ނޫންކަމަށާއި ދުނިޔޭގެ ޗާޓުން ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ފެންނަން ފެށީ ދާދި ފަހުންކަމަށެވެ. އެހެން ކަމުން އިސްރާއީލަކީ ސައްޚަ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެވޭނޭ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިސްރާއީލޭ މިކިޔާ ދައުލަތަކީ ގަދަކަމުން ފޭރިގަނެގެން ވެރިވެގެން އުޅޭ ފަލަސްތީނުގެ ބިމެއް ކަމަށާއި އެ ބިމުގެ އަސްލު ހައްގުވެރިންނަކީ ފަލަސްތީނުގެ ރައްޔިތުންކަމަށް ކޮރެއާގެ ލީޑަރ ކިމް ޖޮންގ ޔުން ވިދާޅުވިއެވެ.

” އިސްރާއީލަކީ ސައްޚަ ދައުލަތެއް ނޫން. އެއީ އެމީހުންގެ އަމިއްލަ ބިމެއް ނޫން. އެއީ ފަލަސްތީނު އަތުން ފޭރިގަނެފައިވާ ބިމެއް. އެއީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް. އެއީ ސައްޚަ ދައުލަތެއް ކަމަށް ބަލައެއް ނުގަންނަން. އަދި ބަލައި ނުވެސް ގަންނާނަން.” އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ ޔުން ވިދާޅުވެފައިވެއެވެ.