English Edition
Dhivehi Edition

މޯލްޑިވިއަންއަށް އިތުރު ސީޕްލޭނެއް މިއަދު ގެނެސްފިއެވެ.

އެ ބޯޓު ރާއްޖެ އައިސްފައިވަނީ ސުވިޒަލޭންޑުން ފުރައިގެންނެވެ. އެ ބޯޓަކީ ޓްވިންއޮޓާ މަރުކާގެ ދެ ބޯޓެވެ. އެއީ އެތަނަށް ގެނައި 11 ވަނަ ސީޕްލޭނެވެ.

މޯލްޑިވިއަން އިން ގެންނަ ކުދި ބޯޓުފަހަރަކީ ގަނެގެން ގެންނަ ބޯޓުތަކެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ވިދާޅުވެފައިވެއެވެ. އިތުރު ބޯޓުތައް ވަރަށް އަވަހަށް ރާއްޖެ ގެންނަވާނެ ކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު 20 ގައިވެސް އެއާކްރާފްޓެއް އަންނާނެ ކަމަށް އައިލެންޑުއޭވިއޭޝަނުންވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށް 29 ގައިވެސް އެކަތި އަންނާނެވެ. އަން ޖެނުއަރީމަހު ޑޭޝް 8 މަރުކާގެ ބޯޓެއްވެސް ރާއްޖެ ގެންނާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.