އުރީދޫ 5ޖީ އެއާފައިބަރު ރައުޓަރުން 50 ޕަސެންޓް ޑިސްކައުންޓާއި ގޭމަރުންނަށް ހާއްސަކޮށްގެން ބޮޑެތި ޑޭޓާ އެލަވަންސް ލިބުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދު ކަވަރު ކުރެވޭނެ ކަމަށެވެ. އަދި ހައި-ސްޕީޑުގައި، އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މެދުކެނޑުމެއް ނެތި އިންޓަނެޓް މިހާރު ފަހިވެފައިވާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މީގެއިތުރުން އޫރީދޫ އިން ބުނީ އަގުހެޔޮކޮށް ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 5ޖީ އެއާ ފައިބާ ޕޯޓްފޯލިއޯ އަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ސްޕީޑްތައް އިތުރުކޮށްފައިވާނެ ކަމަށެވެ.
އުރީދޫން ބުނީ 5ޖީ އެއާފައިބާގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާ އެކު އެ ހިދުމަތަކީ ވިޔަފާރިތަކާއި ގޭމު ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމް ކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ކަމަށެވެ. އެގޮތުން އުރީދޫން ދަނީ 5ޖީ އެއާފައިބާގެ ތިން އޮފާއެއް ކުރިއަށް ގެންދަމުންނެވެ.
މި ޕްރޮމޯޝަންގައި މިހާރު ގެންގުޅޭ 5ޖީ އެއާފައިބަރު ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކުން ބައިވެރިވެވޭ އިރު މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަލަށް 5ޖީ އެއާފައިބަރު ހިދުމަތް ނަގާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.