English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

މީގެ ހަތް އަހަރު ކުރިން، ހިށިވިއްކި ދެ އަންހެނަކު 4 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފިއެވެ.

މި މައްސަލައިގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މަރްޔަމް އަޝްފާ ( ސ. ހިތަދޫ، ސްޕަންޖްގެ) އާއި އާއިޝަތު ރިޒްނާ (ނ. ވެލިދޫ، ގުލިސްތާނުގެ) ގެ މައްޗަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ މި މައްސަލައިގެ ޝަަރީއަތުގައި ދެމީހުންވެސް މި ކުށަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތުގެ ދަށުން، އެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުންކޮށްފައެވެ.

އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް، މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.