English Edition
Dhivehi Edition
އަލީ ސީޒަން

ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ތައުރީފާ ލޯބި ހޯދާފައިވާ މަޝްހޫރު ތަރި އަލީ ސީޒަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.

ފިލްމީ ދާއިރާގެ މަސައްކަތް ފެށިފަހުން ދުވަހަކުވެސް އެ ދާއިރާއިން ‘ބްރޭކެއް’ ނަގާފައި ނުވާ ސީޒަން ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލާފައެވެ. ނަމަވެސް އޭރު މި ދާއިރާއިން ބްރޭކެއް ނެގީ ކޮން ސަބަބަކާ ހުރެ ކަމެއް ސީޒަން ބުނެފައެއް ނުވެއެވެ.

މަޖިލީހަށް ކުރިމަތިލާން ނިންމާފައިވާކަން އިއުލާންކޮށް މިއަދު ސީޒަން ބުނީ ފިލްމީ އިންޑަސްޓްރީއިން ބްރޭކް ނެގީ މަޖިލީހަށް ކުރިމަތިލުމަށް ކަމަށެވެ. މިގޮތުން ޕީޕީއެމް / ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ސީޒަން ވަނީ ވިދާޅުވެފައެވެ، އިތުރަށް ސީޒަން ބުނީ މި ނިންމުމަކީ ތުލުސްދޫ ދާއިރަގެ ވަރަށް ގިނަ ބައެއްގެ އެދުމާއެކު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ދިވެހި ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސީޒަން އެންމެ ފަހުން ފެނިގެންދިޔައީ މިހާރު ސިނަމާގައި ދައްކަމުންދާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކޮށްފައިވާ “ކަޅަކި” އިންނެވެ.