ދޫނިދޫ ބޭރުން ކަނޑުގެ ސަރަހައްދެއްގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހަށިގަނޑު ފެނިފައި ވަނީ ފުނަދޫ އާއި ދޫނިދޫ އާއި ދޭތެރޭ ކަނޑު މަތިން ކަމަށެވެ. ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން ކަނޑުން މަތިން ފެނިފައިވަނީ ބަރަހަނާ ހާލުގައި އޮތް ފިރިހެނެކެވެ.
މިކަމާ ގުޅިގެން އަދި ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.