English Edition
Dhivehi Edition

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.

މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19 އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫއެވެ.

މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.