English Edition
Dhivehi Edition

‘ފްރެޝް ސިޓީ މިކްސް’ ގެ ނަމުގައި ހިތަދޫ ގައި ތަރުކާރީ އަދި މޭވާއަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވައިފިއެވެ. މިފިހާރައަކީ ފެދޫގައި ހުންނަ “ފްރެޝް ސިޓީ’ ގެ ދެވަނަ ފިހާރައެވެ. ހިތަދޫ އެޅެދީދީ މަގު (ބޮޑުމަގު)، ކުރީގެ ‘ޓޫވޭވޭވް’ ކުރިމަތީގައި ހުންނަ މި ފިހާރަ ހުޅުވައިފައިވަނީ ރޭގައެވެ. މި ފިހާރައާއި ބެހޭގޮތުން ފިހާރައިގެ ވެރިފަރާތް އާއިޝަތު ނާއިމާ ‘އެއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މި ފިހާރައިން ފެދޫގައި ހުންނަ ފްރެޝް ސިޓީ އާއި އެއް އަގެއްގައި ހުރިހާ އެއްޗެހިވެސް ލިބޭނެކަމަށެވެ. އަދި އެހެން ތަންތަނަށް ވުރެ އަގު ބޮޑު ނުވާނެ ކަންވެސް ނާއިމާ ފާހަގަ ކުރިއެވެ. އައްޑޫ އަށް ލަންކާ ފްލައިޓް ޖައްސަން ފެށުމުން ތަކެތި އެތެރެ ކުރުމުގައި މިވަނީ ފަސޭހަތަކެއް ލިބިފައެވެ . އެގޮތުން ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް ޚާއްޞަ ފިހާރަތައް އައްޑޫގައި ގިނަ ވަމުން އަންނައިރު ހެޔޮ އަގުގައި މިފަދަ ތަކެތި ލިބެން ހުންނަކަން ފާހަގަކުރެވެއެވެ.